ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވޯކް ވިސާ އާކުރާއިރު އިމިގްރޭޝަނަށް ފައިސާ ދައްކަން ނުޖެހޭގޮތަށް ހަދައިފިއެވެ.
މި ގަވާއިދު އިސްލާހުކޮށް މިއަދު ވަނީ ގެޒެޓްވެސް ކޮށްފައެވެ. މިގަވައިދުގައި ބުނެފައިވަނީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް، އެ ހުއްދަ އަލުން ދިނުމުގެ އިހްތިޔާރު އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލަށް ލިބިގެންވާކަމަށެވެ. ވޯކްވިސާއާ ބެހޭ ގަވައިދުގެ 17 ވަނަ މާއްދާގެ (ވ) މިހާރު އިސްލާހުކޮށްފައިވާއިރު، އޭގައި ބުނެފައިވާ ގޮތުން ހުއްދަ އަލުން ހޯދުމަށް ހުށަހަޅަން ޖެހެނީ ވަޒީފާ ދޭ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުން އެކަންޏެވެ. ފައިސާ ދައްކާކަށް ނުޖެހެ އެވެ.
ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދެ ވަނަ ފަހަރަށް ހުއްދަ ދޭއިރު، ބަލާ ކަނަކަމުގެ ތެރޭގައި ގާނޫނާ އެއްގޮތަށް، ވޯކް ވިސާ ލިބިގެން ރާއްޖެއަށް އެތެރެވެފައިވާ މީހަކަށް ވުމާއި ޖިނާއީ ކުށެއްގެ ތުހުމަތުކޮށްފައިވާ ނުވަތަ މަދަނީ ދައުވާއެއް އޮތް ބިދޭސީއަކަށް ނުވުމާއި އެމީހަކާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ޝަކުވާ ހުށަހަޅާފައި ނުވާ މީހަކަށްވުން ހިމެނެއެވެ.