ބިދޭސީންގެ ވޯކް ވިސާ އާކުރުމަށް ފައިސާ ދައްކަން ނުޖެހޭގޮތަށް އިސްލާހުކޮށް ގެޒެޓްކުރެވުނީ އޮޅުމަކުން: އިމިގްރޭޝަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ބިދޭސީންގެ ވޯކް ވިސާ އާކުރުމަށް ފައިސާ ދައްކަން ނުޖެހޭގޮތަށް އިސްލާހުކޮށް ގެޒެޓްކުރެވުނީ އޮޅުމަކުން: އިމިގްރޭޝަން

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވޯކް ވިސާ އާކުރާއިރު އިމިގްރޭޝަނަށް ފައިސާ ދައްކަން ނުޖެހޭގޮތަށް ހަދައި އިސްލާހުކޮށް ގެޒެޓްކުރެވުނީ އޮޅުމަކުންކަމަށް އިމިގްރޭޝަންބުނެފިއެވެ.

އިމިގްރޭޝަންބުނެފައިވަނީ ބިދޭސީންނަށް ދޭ ހުއްދަ ހަމަވުމުން، އަލުން އާކުރުމަށް 6،000 ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް "ވޯކްވިސާ ގަވައިދު" އިސްލާހުކޮށް، ގެޒެޓް ކުރެވުނީ އޮޅިގެން ކަމަށާއި އެއީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއިސްލާހު ގެޒެޓުން މިއަދު ހެނދުނު ވަނީ ނަގާފައެވެ.

އިމިގްރޭޝަނުން ދެމުން އައި ބިދޭސީންގެ ހުރިހާ ހިދުމަތްތަކެއްހެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބަދަލުކޮށްފައެވެ.

މިއަދު އޮންލައިން