ޖޫން މަހު އޮންނަ ކުންމިން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ޖޫން މަހު އޮންނަ ކުންމިން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގ ގައި އޮންނަ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާތީ، މި ފެއަރގައި ދިވެހި ވިޔަފާރިތައް ބައިވެރިވުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއަށް ބުނެފައިވަނީ މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ފޯރމް ފުރިހަމަކުރިމަށް ފަހު 07 އޭޕްރިލް 2019 އިން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެއެވެ.

މިއަދު އޮންލައިން