އެމްޑީޕީގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި އަދިވެސް ދީނީ ބައެއް ޢިލްމުވެރިން ޓެރަރިސްޓުން ކަމުގައި ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރިއެވެ. މިއަދު ފެންނަމުން ދަނީ ޝައިޚް ޝަފީޢް ޢަބްދުﷲ ފަދަ ބޭފުޅުންނަކީ ޓެރަރިސްޓުން ކަމުގައި ކަނޑައަޅައި ދުނިޔެއަށް އިއުލާނުކުރަމުން ގެންދާ ތަނެވެ.
ޝައިޚް ޝަފީޢުއަކީ ވެސް އައިއެސް އާއި ގުޅުން އޮތް އަދި އައިއެސް އަށް ހަނގުރާމަވެރިން ފޮނުވާ މީހެއްގެ ގޮތުގައި އިއްޔެ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ޝައިޚް ޝަފީޢު ވިދާޅުވީ އެމަނިކުފާނަކީ އައިއެސްގެ ހިޓްލިސްޓްގައި ހިމަނައި ބްލެކްލިސްޓް ވެސް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޝައިޚް ޝަފީޢުއަކީ އިސްލާމެއް ނޫން ކަމަށްވެސް އައިއެސް އިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ފޭސްބުކް ޕޭޖް ބެލުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށްވެސް ޝައިޚް ޝަފީޢު ވަނީ އެދިވަޑައިގެންފައެވެ.
ފޭސްބުކުން އިއްޔެ ޝައިޚް ޝަފީޢް ބްލޮކްވެސް ކުރިއެވެ. ނަމަވެސް މިއަދު ހެނދުނު ވަނީ ރިލީޒްކޮށްފައެވެ. އެހެން ނަމަވެސް އެކަން ކުރީ އެޖެންޑާ 19ގެ ސަޕޯޓަރުގެ ޓްވީޓާއި ގުޅިގެންކަން އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.
Haha! Hama jehey vaahaka dhakkaa, Nasheed ge Agend19 hifaigen ulhey meehun... Thiya bunaa ISS ge hitlist gai, black list gai oiy meeheh alhugandakee. Kaafareh alhugandakee emeehun kaireegai. Alhugandu ge facebook page ballavaa.. Agenda19 fans buhuthaan hedhun huttaalaa... https://t.co/3PLUuYI18h
— Shafeeu Abdullah (@shafeeu26) March 26, 2019