އުކުޅަހުގަ ގެސްޓުން ނިވައިނުވެ އުޅޭ މައްސަލަ ބަލައިދިނުން އެދި ރައިސުލްޖުމްހޫރިއްޔާ އަށާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުކުޅަހުގަ ގެސްޓުން ނިވައިނުވެ އުޅޭ މައްސަލަ ބަލައިދިނުން އެދި ރައިސުލްޖުމްހޫރިއްޔާ އަށާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި

އުކުޅަހުގައި ގެސްޓުން ނިވައިނުވެ އުޅޭތީ އެމައްސަލަ ބަލައިދިނުން އެދި އެރަށުގެ ރައްޔިތުންގެ ތެރެއިން 117 މީހުންގެ ސިޔާއިއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ޓޫރިޒަމް މިނިސްޓްރީއަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ. 

ގެސްޓް ހައުސް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ހުއްދަ މިހާރުވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީގައި އުޅުމުގެ ހުއްދައަކަށް ކަމުގައި ވެގެން ގޮސްފައިވާއިރުވެސް މިކަމުގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަދި މިހައިތަނަށްވެސް އަޅައިފައެއް ނުވެއެވެ. އެހެންކަމުން ގެސްޓް ހައުސް ފަތުރުވެރިކަން ވެފައިވަނީ ދިވެހި މުޖުތަމައު އިސްލާމީ އަޚްލާޤުން ބޭރުކުރުމަށް ހިންގާ ލާދީނީ މަޝްރޫއަކަށް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ރާއްޖޭގެ ގިނަ ރަށްތަކުގައި މިހާރު ފުލުހުން ތިބެފައިމެ އަދި މީގެ ތެރޭގައި ގިނަ އަދަދަކަށް ފުލުހުން ތިބޭ ހުޅުމާލެ ވެސް ވެފައިވުމަކީ މިކަމުގައި ސަރުކާރުގެ ސިޔާސަތާއިމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން