އެމްސީއެސްގެ މުވައްޒަފުންނަށް ވެސް ވިހެއުމާއި ގުޅިގެންދޭ 6 މަހުގެ ޗުއްޓީ ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 34ސ
އެމްސީއެސްގެ މުވައްޒަފުންނަށް ވެސް ވިހެއުމާއި ގުޅިގެންދޭ 6 މަހުގެ ޗުއްޓީ  ހަމަޖައްސައިފި

ރުކާރުގެ އާ ސިޔާސަތާއި އެއްގޮތަށް، ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިތުރުކޮށްފި އެވެ.

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް، ވިހާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ޗުއްޓީ އެއް ބަންދު ދުވަސްތަކާއި އެކު މުސާރަ ދޭގޮތަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އަދި ފިރިހެން އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދަރިއަކު ލިބުމުން، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ޗުއްޓީ އެއް ދޭގޮތަށް ވަނީ ހަމަޖައްސާފައިވެ އެވެ.

މިއަދު އޮންލައިން