ޖިންސީ ކުށުގައި ހުކުމް ކޮށްފައިވާ މީހުންގެ ދަފުތަރެއް ހަދައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 37ސ
ޖިންސީ ކުށުގައި ހުކުމް ކޮށްފައިވާ މީހުންގެ ދަފުތަރެއް ހަދައިފި

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ޖިންސީ ކުށުގައި ހުކުމް ކޮށްފައިވާ މީހުންގެ ދަފުތަރެއް ހަދައިފިއެވެ.

މި ދަފްތަރުގައި 21 ކުށެއްގައި ހުކުމްކޮށްފައިވާ މީހުންގެ މައުލޫމާތު ހިމެނެއެވެ. އޭގެތެރޭގައި ރޭޕް ކުރުމާއި ހަށި ވިއްކުމާއި ބްލެކްމެއިލް ކުރުމާއި ނާސިގެ ހެދުމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކުށްތައް ހިމެނެއެވެ.

މި ދަފުތަރުގެ ގަވާއިދު މިއަދު ވަނީ ގެޒެޓްކޮށްފައި ވާއިރު މިއީ ޖިންސީ ކުށްތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އެއްކުރި ފުރަތަމަ ފަހަރެވެ. 

ކުޑަކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ މީހުންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް މީގެ ވަނީ ހަދާފައެވެ.

 

 

 

މިއަދު އޮންލައިން