މެލޭޝިއާ، އިންޑިއާ އަދި ލަންކާގައި އުޅޭ ދިވެހިން ދިވެހިންނަށް އާސަންދަ ފެށުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
މިއީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެކަމަށް ވައުދުވެފައިވާ ކަމެކެވެ.
އާސަންދައިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ތިން ގައުމުގައި ދިރިއުޅޭ ދިވެހީން، abroad.aasandha.mv އަށް ވަދެ ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަމަހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާލުވެފައިވަނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އަންނަ އޭޕްރީލް މަހު 1 ވަނަ ދުވަހުން ފެށިގެން ލިބެން ފަށާނެ ކަމަށެވެ.