2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 5 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 5 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކޮށްފި

ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު ހަވާލުކޮށްފި އެވެ.

މި 5 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކާ އެވެ އެއީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަ ވިތު ވޯޓަ އިންޖިިނިއަރިން ސާވިސަސް އެވެ.

ހއ. އުލިގަމާއި ނ. ކެނދިކުޅުދޫ އާއި ތ. ކިނބިދޫ އާއި ގއ. ކަނޑުހުޅުދޫގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ހދ. ނޮޅިވަރަމްގެ މަސައްކަތް ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަ ވިތު ވޯޓަ އިންޖިިނިއަރިން ސާވިސަސް އާއެވެ.

މި އެއްބަސްވުމުގެ ދަށުން، ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގައި އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން