މަރަދޫ ފޭދޫ އާއި މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަރަދޫ ފޭދޫ އާއި މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ އާއި މީދޫގެ ބަނދަރު ހަދާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިކަމާގުޅިގެނ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މި މަސައްކަތަށް ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 110،000ރ. ބަހައްޓަން ޖެހެއެވެ. އަދި މީގެ އިތުރުން ބީލަމުގައި ބައިވެރިވުމަށް ކޮންމެ ޕްރޮޖެކްޓަކަށް 1,500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ 28 މާޗު 2019 އިން 30 އޭޕްރީލް 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މޭ މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުން އޮންނާނެއެވެ.

މިއަދު އޮންލައިން