އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޢާޡިމް (ނާއްޕެ) ގެ ކެންޕެއިން ޓިމުގެ ފަރާތުން ގަލޮޅު އުއްމީދީ ޖަގަހަގައި އަރތު އަވަރ ފާހަގަކޮށްފިއެވެ.

އާތު އަވާ ފާހަގަ ކުރުމަށްޓަކައި މިރޭ 8:30 ން 9:30 އަށް ނާއްޕެ ގެ ކެންޕެއިން ޓިމުގެ ފަރާތުން ގަލޮޅު އުއްމީދީ ޖަގަހަގައި ވަނީ ބޮކިތައް ނިއްވައިލައި އުއްބައްތި ދިއްލައިގެން ޖަގަހައިގެ ހަރަކާތްތަށް ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން ނާއްޕެ ގެ ކެންޕެއިން ޓިމުންވަނީ މިދިޔަހަފްތާގައި ގަލޮޅުމަދަރުސާގައި ގިނަދުވަސްވެފައިވާ ގަހެއް އެ ސްކޫލުގެ އެދުމުގެމަތިން ކަޑައިދީފައެވެ. އަދި އެ ސްކޫލުގެ ގާރޑް ޕޯސްޓް ހެދުމުގެ މަސަތްކަތުގައި ނާއްޕެ ވަނީ އަމަލިގޮތުން ބައިވެރިވެފައެވެ.


