ޤާނޫނު ހަދާ މަޖިލީހަށް ހޮވަންޖެހޭނީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތާ މީހުން ކަމަށާއި ދީނަށް ހަޖޫޖަހައި ފުރައްސާރަކޮށް އިސްލާމީ ފިކުރު ދޫކޮށް އެހެން ފިކުރެއް ތައާރަފު ކުރަން މަސައްކަތްކުރާ މީހުން ނޫން ކަމަށާއި އެބާވަތުގެ މީހުންނަށް ވޯޓުދިނުމާއިމެދު ވިސްނައިލަން އެދިވަޑައިގަންނަވާ ކަމަށް އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ލޮބުވެތި އަޚުންނާ އުޚުތުން! ޤާނޫނު ހަދާ މަޖިލީހަށް ހޮވަންޖެހޭނީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތާ މީހުން. ދީނަށް ހަޖޫޖަހައި ފުރައްސާރަކޮށް އިސްލާމީ ފިކުރު ދޫކޮށް އެހެން ފިކުރެއް ތައާރަފު ކުރަން މަސާއްކަތްކުރާ މީހަކަށް ނޫން! ވޯޓުދިނުމާމެދު ވިސްނަވާލައްވާ! pic.twitter.com/aqkUDTesi5
— Muhmmadh Latheef (@muhammadhlathyf) March 29, 2019