ބެލެނިވެރިންނާ ޓީޗަރުން "އާތު"ގެ މިލްކުވެރި ފަރާތުގެ އަމުރުފުޅަށް މިގޮތަށް ކިޔަމަންވާނެ ނަމަ--!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ބެލެނިވެރިންނާ ޓީޗަރުން "އާތު"ގެ މިލްކުވެރި ފަރާތުގެ އަމުރުފުޅަށް މިގޮތަށް ކިޔަމަންވާނެ ނަމަ--!

ދުނިޔެ އުފެއްދެވީ ﷲ ތަޢާލާއެވެ. ދުނިޔޭގެ އެންމެހައި ކަންކަން ހިނގަމުން މިދަނީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވާފައިވާ ގޮތަށެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވާ އެއްވެސް ކަމެއް ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެން މަގުމައްޗަށް ނުކުމެ ހިނގައި ދުވެ، ފުމެ ތެޅިފޮޅި ހެދި ނަމަވެސް އެއީ ކުރެވެން އޮތް ކަމެއް ކަމެއް ނޫނެވެ.

ދުނިޔެ އުފައްދަވައި ދުނިޔޭގައި މީސްތަކުން ލައްވަވައި އެންމެހައި ނިޢްމަތްތަކެއް ދެއްވަވާ އަދި ގެންދަވާ ﷲ ތަޢާލާ އަންގަވާފައިވަނީ ނަމާދުކުރުމަށެވެ. މީސްތަކުން ދުނިޔޭގައި ލެއްވެވީ އަޅުކަން ކުރުމަށް ކަމަށެވެ.

ދިޔަ ބޮޑުވެއްޖެ ނަމަ ރާއްޖޭގެ ރަށްރަށުގެ ބިމާއި އެއް ލެވެލަކަށް ކަނޑުގެ ލޮނު ގަނޑު އުފުލޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެކަމުގެ ނުރައްކަލުން ﷲ ތަޢާލާ ވަނީ ދިވެހިރައްޔިތުން ރައްކައުތެރި ކޮށްދެއްވަވައިފައެވެ.

ވަރަށް މަދުން، މަދު ރަށަކަށް ނޫނީ ރާޅު އެރުމުގެ ހާދިސާއެއް ކުރިމަތިވެފައެއް ނުވެއެވެ. މިހައި ފަސްގަނޑު ތިރި ޖަޒީރާ ރަށްތަކެއްގައި ދިރިއުޅެވެނީ އެފަދަ މުޞާބާތްތައް ކުރިމަތި ނުކުރައްވަވާތީއެވެ. އެއީ ވިސްނައިލިފިނަމަ ޙައިރާންވާންވެސް ޖެހޭ ވަރުގެ ކަމެކެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ސަބަބުން ފަސްގަނޑު އެތައް ގުނައަކަށް އުސް ޤައުމުތަކަށް ލިބުނު ގެއްލުމަށްވަރު ފަސްގަނޑު މާތިރި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުން ބޮޑުތަނުން ކުޑަވިކަން އެއީ ވެސް ދުނިޔޭގެ ގިނަ ބައަކު ޙައިރާންވި ކަމެކެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއިއެކު އެކަމުގެ އަސަރު ކުރުން ރާއްޖެއަށްވެސް މިހާރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ކާރިސާތައް އިތުރުވެ ލިބޭ ގެއްލުންތައްވެސް ބޮޑެތިވަމުންނެވެ. ހަމައެކަނި ރާޅު އެރުމެއް ނޫނެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ދަނީ އިތުރުވަމުންނެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ކުޑަ ކުރެވޭތޯ އިންސާނުންނަށް ކުރެވިދާނެ މަސައްކަތްތަކެއް އެބަހުރިކަން ސައިންސްވެރިން ފާހަގަކުރެއެވެ. އެހެންކަމުން އެކަންކަން ކުރުމަށް ރައްޔިތުންގެ ސަމާލުކަން އިތުރުކުރަން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ.

ވިސްނައިލަންވީ ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތައް ހުއްޓުވުމަކީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫން ކަމެވެ. އިންސާނުންގެ ސަބަބުން މެދުވެރިވާ ސަބަބުތައް އެކުގައި ނައްތައިލި ނަމަވެސް ކުރިޢާއި އެއްގޮތަށް ކަންކަން ރުޖޫޢަވުމަކީވެސް ނާދިރު ކަމެއް ކަމެވެ. އެހެންކަމަށްވާއިރު ކުރެވެން ހުރި މަސައްކަތްތައް ކުރުމާއިއެކުވެސް ﷲ ތަޢަލާގެ ޙަޟްރަތުން ވާގިއެދެން ޖެހޭކަން ޤަބޫލުކުރަން ޖެހެއެވެ.

"އާތު އަވަރ" ފާހަގަކުރުމަކީ މައްސަލައެއް ނޫނެވެ. ހަމަ ގިނަގިނައިން ކުރަންވީއެވެ. ކޮންމެހެން އަހަރަކު އެއް ދުވަހަކު ވެސް ނޫނެވެ. ވީހައި ގިނައިން ފާހަގަކުރަންވީއެވެ. ރާއްޖެއިން އިތުރު ދުވަހެއް ނުވަތަ ދުވަސްތަކެއް ވެސް ފާހަގަކުރަންވީއެވެ.

އެއާއިއެކުގައިވެސް "އާތު" އުފައްދަވައި ހުރިހާ ކަނަކަމެއް މިންވަރުފުޅު ކުރައްވަވާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރަން އެބަޖެހެއެވެ. އާތު އަވާ ފާހަގަކުރަން ޓީޗަރުންނާއި ބެލެނިވެރިން އަދި ރައްޔިތުން ދިން ސަމާލުކަމާއި އިޖާބަ ބަންގީގެ އަޑަށް ނުދީ އާތު އަވާ ފާހަގަކުރަން މަގުމަތީގައި ހިނގުމުން ކުރާނީ ކޮން ފައިދާއެއް ކަމާއިމެދު ވިސްނައިލުން ބުއްދިވެރިކަން ފާހަގަކުރެވެއެވެ.

ދަރިވަރުންނަށް ނަމާދުކުރަން ހިތްވަރުދީ ބާރުއެޅުމަކީ އެދުރުންގެ މަސްއޫލިއްޔަތެކެވެ. ދަރިން މިސްކިތަށް ގެންދިއުމާއި ދަރިން ލައްވައި ނަމާދުކުރުވުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމަށްވާއިރު އާތުއަވާ ފާހަގަކުރަން ދިން އިޖާބަ ބަންގިއަށް ދީފިނަމަ ފެންނާނީ ހިތްތައް އުފަލުން ފޮޅިގެންދާނެ ފަދަ މަންޒަރެކެވެ.

އަދި ރާއްޖެއަށް ބޭނުންވެގެން މިއުޅޭ ހިމާޔަތާއި ރައްކައުތެރިކަން ލިބުން އިތުރުވެގެން ދިއުމަށްވެސް އެކަމުގެ ސަބަބުން މަގުފަހިވާނެކަން ޔަޤީނެވެ.

މިއަދު އޮންލައިން