ލައިސެންސް އޮވެ ސައިކަލް ގަންނަނަމަ 3،000ރ. ގެ ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 39ސ
ލައިސެންސް އޮވެ ސައިކަލް ގަންނަނަމަ 3،000ރ. ގެ ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި

ލައިސެންސް އޮވެ ސައިކަލް ގަންނަނަމަ 3،000ރ. ގެ ޑިސްކައުންޓް ލިބޭނެ ހާއްސަ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފިއެވެ.

ލިޓަސް އިން ބުނެފައިވަނީ މިޕްރޮމޯޝަންގެ ބޭނުމަކީ ލައިސެންސް ނަގަން ހިތްވަރު ދިނުންކަމަށެވެ.

މިދިޔަ މަހުގެ 28 ގައި ފެށި މި ޕްރޮމޯޝަން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށްވެސް ލިޓަސް އިން ވަނީ ބުނެފައެވެ.

މިޕްރޮމޯޝަންގެ ދަށުން ލައިސެންސް ނުނަގާ ސައިކަލެއް ގަންނަ ނަމަ، ލައިސެންސް ނަގަން ލިޓަސްގެ ހަރަދުގައި ހުރިހާ ކަމެއް ކޮށްދެއެވެ. ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފު ރަޝީދު ވިދާޅުވި ގޮތުގައި، ލައިސެންސް ނެގުމަށް ހިތްވަރު ދީ ޓްރެފިކް ގަވައިދުތަކަށް އާންމުން ހޭލުންތެރިކުރުމަކީ ކުރަންޖެހޭ ކަމަށެވެ.

 

 

 

މިއަދު އޮންލައިން