އައްޑޫގެ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެގޮތުން ވަޒީފާއަށް ގެންނަ ބިދޭސީން ގަން އެއާޕޯޓުން އެތެރެވެވޭނެގޮތް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އައްޑޫގެ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެގޮތުން ވަޒީފާއަށް ގެންނަ ބިދޭސީން ގަން އެއާޕޯޓުން އެތެރެވެވޭނެގޮތް ހަމަޖައްސައިފި

އައްޑޫގެ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެގޮތުން ވަޒީފާތަކަށް ގެންނަ ބިދޭސީން އައްޑޫ ގަން އެއާޕޯޓުން އެތެރެވެވޭނެ އިންތިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ފަރާތްތަކަށް އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަކީ އައްޑޫގެ ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުން ޒަމާނުއްސުރެ އެދިއެދި ތިބި ކަމެއް ކަމަށާއި އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭ އިންތިޒާމު ހަމަޖެހިފައި އޮތުމުން އައްޑޫގެ ރައްޔިތުން އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށާއި، އެހެންކަމުން މިއީ އައްޑޫގެ ރައްޔިތުންނަށް މިކަމުން ލުޔެއް ހޯދައިދިނުމަށް ހަމަޖެއްސި ކަމެއް ކަމަށެވެ.

ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ޚިދްމަތްތައް ދެވޭނެގޮތް ހަދައި، ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ފަސޭހަ ޚިދްމަތްތަކެއް ލިބޭނެ ކަންކަން ތައާރަފްކޮށް ޚިދްމަތްފުޅާ ކުރުމަކީ އެ އިދާރާގެ އަމާޒެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން