ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު 79 މިލިއަން ރުފިޔާ ވަނީ ލިބިފަ: ފިނޭންސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު 79 މިލިއަން ރުފިޔާ ވަނީ ލިބިފަ: ފިނޭންސް

ގްރީން ޓެކްސްގެ ގޮތުގައި 79.7 މިލިއަން ރުފިޔާ މިދިޔަ ފެބްރުއަރީ މަހު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ޓެކުހާ ބެހޭ ރިޕޯޓުގައި ހާމަކޮށްފައިވަނީ ރިސޯޓުތަކުން 72 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާކަމަށާއި ގެސްޓްހައުސްތަކުން 2.5 މިލިއަން ރުފިޔާ އަދި ހޮޓާތަކުން 1.9 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާކަމަށެވެ.

މާލެ އަތޮޅުން 27.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން ރިސޯޓުތަކުން 26.9 މިލިއަން ރުފިޔާ، ގެސްޓްހައުސްތަކުން 800،000 ރުފިޔާ އަދި ހޮޓާތަކުން 160،020 ރުފިޔާ ލިބުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 9.8 މިލިއަން ރުފިޔާއާ އެކު އދ. އަތޮޅުންނެވެ. ބ. އަތޮޅުން 6.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު އއ. އަތޮޅުން 6.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޅ. އަތޮޅުން 5.3 މިލިއަން ރުފިޔާ އާއި ދ. އަތޮޅުން 3.8 މިލިއަން ރުފިޔާ އާއި ރ. އާއި ނ. އަތޮޅުން 3.7 މިލިއަން ރުފިޔާ އާއި ވ. އަތޮޅުން 1.5 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ.

މި އަހަރުގެ ނިޔަލަށް 892.7 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދު އޮންލައިން