ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓާގުޅިގެން ވިޔަފާރި ބަނދަރާއި އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިިމިޑެޓުން ބުނެފިއެވެ.
އެމްޕީއެލުން ބުނީ އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދު ކުރި ނަމަވެސް އަލުން ހިދުމަތްތައް އާންމު އުސޫލުން ދޭން ފަށާނީ އާދިއްތަ ދުވަހު ހެނދުނު 7:30 އިން ފެށިގެންކަމަށެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފައެވެ.