71000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
71000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި!

މިއަދު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ. 12 ޖެހިއިރު ވޯޓުލީ މީހުންގެ އަދަދު ވަނީ 71842 އަށް އަރައިފައެވެ. ވޯޓުލުމަށް ރައްޔިތުން ނުކުންނަމުންދާ އަދަދަށް ބަލައިފިނަމަ ރިޔާސީ އިންތިޚާބުގައި ދިން ފަދަ ސަމާލުކަމެއް ފެނިގެނެއް ނުދެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭ ކަމަށާއި ތަންކޮޅެއް ލަސްކަމަށް ފާހަގަކުރެވުނު ފޮށިތަކުގެ ކަންކަން އަވަސްކުރަން އަންގާފައިވާނެ ކަމަށެވެ. 

މާލެގެ ބައެއް ފޮށިތައް ކައިރީގައި ކެންޕޭނުކުރި ބައަކު ފުލުހުންގެ އެހީތެރިކަމާއިއެކު ފޮނުވާލެވިފައިވާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

ޝަރީފް ވިދާޅުވީ ވޯޓުލާ ވަގުތު އިތުރުކުރަން ޖެހޭނަމަ އެކަން ނިންމާނީ 3.30 ގައި ކަމަށާއި އެހެން ނަމަވެސް ތިލަފުށީގައި ވަގުތު އިތުރުކުރަން ޖެހެ ކަމަށެވެ.

 

 

 

މިއަދު އޮންލައިން