މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ، 264،442 މީހުންގެ ތެރެއިން 193،442 މީހުން ވޯޓުލައިފިކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އިންތިހާބުގައި މިވަގުތާހަމައަށް 73.15 ޕަސެންޓް މީހުން ވޯޓްލާފައިވާއިރު އަދިވެސް 26.85 ޕަސެންޓް މީހުން ވޯޓްނުލާ ކަން ފާހަގަ ކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 97،261 ފިރިހެނުން ވޯޓްލާފައިވާ އިރު، 96،181 އަންހެނުން ވަނީ ވޯޓްލައިފައެވެ.
ވޯޓުލުން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރު ކޮށްފައެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ މިއިންތިހާބުގައި މަޖިލީހުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެވެ.