މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނުމަށްފަހު ރައްޔިތުންގެ އާދޭހަކީ ޤާނޫނުގެ ޙުކޫމަތު ހިންގައި އިންސާފު ޤާއިމުކުރުން އަވަސް ކޮށް ދެއްވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނުމަށްފަހު ރައްޔިތުންގެ އާދޭހަކީ ޤާނޫނުގެ ޙުކޫމަތު ހިންގައި އިންސާފު ޤާއިމުކުރުން އަވަސް ކޮށް ދެއްވުން!

ރައްޔިތުން މިއަދު ބުނަނީ ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދެވިއްޖެކަމަށެވެ. ވެރިކަމަށް އިންތިޚާބުކޮށް ވެސް ދެވިއްޖެކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ދެވިއްޖެކަމަށެވެ.

އެހެންކަމުން ރައްޔިތު މީހާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިއަހުން އެދެނީ ތަފާތުކުރުމެއް ނެތި ޤާނޫނުގެ ޙުކޫމަތު ހިންގައި ޢަދުލުއިންސާފު ޤާއިމުކޮށްދިނުމަށެވެ. އަދި އެކަން އަވަސް ވެސް ކޮށް ދެއްވުމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަޖިލިސް އިންތިޚާބުގެ ނަތީޖާ އެނގިވަޑައިގަތުމާއިއެކު ރައްޔިތުންގެ އަޑު އައްސަވައި ވާޖިބު އަދާކުރެއްވުން މަތީގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:

"ރައްޔިތުން ރައްޔިތުންގެ ވާޖިބު އަދާކުރައްވައިފި. އެއީ ޝައްކެއް ނެތް ކަމެއް. 23 ސެޕްޓެމްބަރުގައިވެސް މިއަދުވެސް ތިއަ ދެއްކެވީ އެކަން. މިއަދު މިއޮތީ އެ ވާޖިބު އަދާކުރުމަށް ސަރުކާރަށާ މަޖިލީހަށް ބާރު ދެއްވައިފަ. އަޅުގަނޑު މިހުރީ ތިއަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ތިއަބޭފުޅުންނާއިއެކު ކުރިއަށްދާން ތައްޔާރަށް.

މިއަދު ތިއަބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ކިލަނބުވެފަ އޮތް މަޖިލީހެއް ޒިންމާދާރު މަޖިލީހަކަށް ހަދައިފި. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު. މިއަދު ތިއަބޭފުޅުން ނިންމެވި ނިންމެވުމަކީ ހެޔޮ ވެރިކަމަކަށް ތިއަބޭފުޅުން ކުރައްވާ އުންމީދުތަކުގެ ދަލީލެއް. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ތިއަ ހުރިހާ ބޭފުޅުންނަށް.

 

މިއީ ޤައުމުގެ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށާއި އެއްވެސް މީހަކު ބާކީ ނުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑުމެން މިތިބީ އެކީގައި މަސައްކަތްކުރަން. ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. ރައްޔިތުން އެދޭއެދުންތައް ތަންފިޒުކުރުމަށް. އަޅުގަނޑު މިއަދުވެސް މިހިރީ މިޓީމާއިއެކު އެ މަސައްކަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް.

ރައްޔިތުން މިއަދު ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގައި ނިންމި ނިންމުމާއި އެއްގޮތަށް މިއަދުވެސް ތިބިކަން އަންގައިދިނުމަށް ނިންމި ނިންމިމުމެއް. ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުންނުވާކަން މިއަދު އަނެއްކާވެސް ހާމަކޮށްދީފި. މަގުތަކުގައި ގޮތް ނުއެނގޭ ގޮތަށް މަރަމުން ގެނދިއަ ގެންދިއުން ތިއަބޭފުޅުން ބަލައެއް ނުގަތް. އަދި އެކަންތައްތައް ބަލައި އެކަން ކުރި ބައަކު އިންޞާފުގެ މަގަށް ގެނައުމަށްޓަކައި މިސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް މިއަދު އަނެއްކާވެސް ތިއަބޭފުޅުން ތިއަވިދާޅުވީ އާނއެކޭ. ކުރިއަށް ގެންދާށޭ.

ކޮރަޕްޝަނާ ވައްކަން މިދިއަ ސަރުކާރުން ހިންގާފައި އޮތްވަރު ބަލައި އެކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ކޮމިޝަން އިރާދަކުރެއްވިއްޔާ މި މަޖލީހާއިއެކު ފަންކްޝަން ކުރާތަން އިރާދަ ކުރެއްވިއްޔާ ތިއަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މަރާލާފައިވާ އަދި ގޮތް ނޭނގޭ މީހުންގެ މައްސަލަތައް ބެލުމަށް އަޅުގަނޑު އެކުލަވައިލި ކޮމިޝަނުގެ މަސައްކަތް މިމަޖިލީހުގެ ތާއީދާއިއެކުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ."

މިއަދު އޮންލައިން