ހޫނު ގަދަވެގެން އަނބުރައިގަނެ އަންހެނަކު މަގުމައްޗަށް ވެއްޓިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ހޫނު ގަދަވެގެން އަނބުރައިގަނެ އަންހެނަކު މަގުމައްޗަށް ވެއްޓިއްޖެ!

ހޫނު ގަދަވުމުގެ ސަބަބުން އަނބުރައިގަނެގެން އަންހެނަކު މަގުމައްޗަށް ވެއްޓިއްޖެ!

މިކަން ހިނގަފައިވަނީ މާލޭ މަޖީދީމަގު ފަތަހަ ސުންބުލި ކައިރިން މިއަދު 11:10 ހާއިރުއެވެ.

މިހާދިސާ ހިންގުމާއެކު އާއްމުންނާއި ފުލުހުން ވަނީ އެ އަންހެންމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެ އަންހެންމީހާ ގޮވައިގެން އަންހެން ފުލުހަކު ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. 

މިދުވަސްކޮޅަކީ ރާއްޖެއަށް އާދަޔާހިލާފަށް ހޫނުގަދަ ދުވަސްކޮޅެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދުދީފައިވަނީ އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށެވެ.

މިއަދު އޮންލައިން