ޒިޔާދާގެ ފިރިމީހާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ޒިޔާދާގެ ފިރިމީހާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ޖިންސި ގޯނާގެ ޝިކާރައަކަށްވެ، ބޮލަށް ވެސް ލިބުނު ގެއްލުމެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން 2015 ވަނަ އަހަރު ނިޔާވި ގދ. ތިނަދޫ/ޓޭންކް، ޒިޔާދާ ނައީމް ގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިއެވެ. 

ޒިޔާދާގެ މަރުގެ މައްސަލައިގައި ޝާހުގެ ކުށެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ކަންބޮޑުވާކަމަށް ގިނަ ބައެއްގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) އިން ވެސް ވަނީ މީގެކުރިން ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިމައްސަލަ ހުށަހެޅީ ޝާހު އާއި ދެކޮޅަށް ގިނަ ހެކިތަކެއް ޝަރީޢަތަށް ހުށަހެޅި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބުނެއެވެ. ޕީޖީ އޮފީހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ހެއްކާއެކު ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. 

ޒިޔާދާ މަރުވި މައްސަލައިގައި އޭނާގެ ފިރިމީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނބިމީހާއާއެކު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާއާއި، މީހަކު މަރުވެ ދިޔުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާއާއި، މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކަނޑައެޅީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

މިއަދު އޮންލައިން