ކަޅުވަކަރު މިސްކިތް ބަހައްޓާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
އެމިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދާނީ ވާދަވެރި ބީލަމުގެ އުސޫލުން ކަމަށެވެ.
މިބީލަމުގައި ބައިވެރިވާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަންޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމައަށެވެ. އަދި ބީލަންތައް ހުޅުވާނީ އަންނަ މަހުގެ 8 ގައެވެ.
ރައީސް ޔާމީން ގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ އެ މިސްކިތް ހުރިތަނުގައި ކުޅިވަރުކުޅޭ ތަނެއްހެދުމަށެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
ދިރާގު ކުރިން ހިންގި ބިމުގައި މިސްކިތް އަލުން ބަހައްޓަން ސަރުކާޜުން ވަނީ ނިންމާފައެވެ.