ވެލާނާގޭ 3 ވަނަ ބުރީގައި ތަޅުގަނޑުމައްޗަށް ވެއްޓުނު އުމުރުން ދުވަސްވީ މީހަކަށް ފުލުހުންގެ 2 ބޭކަލު ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ގިނަ ބައަކު ގެންދަނީ ތަޢްރީފް ކުރަމުންނެވެ. އޭނާ އުފުލުމުގައި 2 ފުލުހުން ކަންތައްކުރީ ވަރަށް އޯގާތެރިކަމާއެކުގައިކަން ގިނަ ބައަކު ފާހަގަކުރެއެވެ.
ފުލުހުންގެ ކިބައިން ފެންނަ މިބާވަތުގެ އޯގާތެރި އަމަލުތަކަށް އަބަދުވެސް ގިނަ ބައަކު ދަނީ ތަޢްރީފް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކަށްވެގެން ދިއައީ ޓްރިފިކް ބްލޮކްވެ ކުރިއަށް ނުދެވުމުން ކާރެއްގައި އިން ބަލި ކުއްޖަކު އުފުލާލައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ދިނުމެވެ.
މީގެ ދެދުވަހެއްކުރިން ހޫނުގަދަވެގެން މަގުމައްޗަށް ވެއްޓުނު އަންހެނަކުވެސް ފުލުހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.
https://twitter.com/Xuccaii/status/1115857576137195520