ކުޑަކުއްޖަކު ބެލެނިވެރިންނަށް ވަގަށް އެހެން ރަށަކަށް ގެންދަން އުޅުނު ފަޒީލާ އިތުރު 2 މީހުން މިނިވަންކުރުން- ބިރެއް ނޫންބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކުޑަކުއްޖަކު ބެލެނިވެރިންނަށް ވަގަށް އެހެން ރަށަކަށް ގެންދަން އުޅުނު ފަޒީލާ އިތުރު 2 މީހުން މިނިވަންކުރުން- ބިރެއް ނޫންބާ!

ހައްދުންމަތި މާމެންދޫން 16 އަހަރުގެ އަނހެން ކުއްޖަކު، އެކުއްޖާގެ ބެލެނިވެރިންނަށް ސިއްރުން ވަގަށް އެހެން ރަށަކަށް ގެންދަން ޑިންގީއެއްގައި ދަތުރުކުރި ފަޒީލަ އާއި އެކަމުގައި ބައިވެރިވި އިތުރު 2 މީހުން އިއްޔެ ކޯޓުން ވަނީ މިނިވަންކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ކޯޓުން ޝަރުޠު ތަކަކާއިއެކު އެ 3 މީހުން މިނިވަން ކުރީ ބަނަދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކަމަށެވެ. އަދި މިނިވަން ކުރީ ޝަރުޠޫ ތަކަކާއިއެކު ކަމަށްވީ ނަމަވެސް އެ ޝަރުޠުތައް ހާމަކޮށްފައެއް ނުވެއެވެ.

މިވަރުގެ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު މިކަމުގައި އަދި މިހައިތަނަށް ޖެންޑަރ މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ. މިއީ މިފަހަރު މާމެންދޫ އަންހެން ކުއްޖަކަށް ކުރިމަތިވި ކަމެއް ނަމަވެސް މިފަދަ ކަންކަމުގައި އެކަށީގެންވާ ސަމާލުކަން ސަރުކާރުގެ ކަމާއިބެހޭ މުއްއްސަސާތަކުން ނުދޭނަމަ މިއީ ހަމަ ކޮންމެ ރަށެއްގެ ކޮންމެ ކުއްޖަކަށްވެސް މެދުވެރިވެދާނެ ކަމެއްކަން ފާހަގަކުރެވޭއިރު މިއީ މުޅި މުޖުތަމައުއަށް ވަރަށް ބޮޑު ބިރެއްކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން