އަލީ ރަމީޒް ދިރިއުޅުއްވާ ގޭގައި ކުޔަށް ދިރިއުޅޭ ބައެއްގެ ދޮރުކައިރީގަ ބަހައްޓާފަ ހުރި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 1މ
އަލީ ރަމީޒް ދިރިއުޅުއްވާ ގޭގައި ކުޔަށް ދިރިއުޅޭ ބައެއްގެ ދޮރުކައިރީގަ ބަހައްޓާފަ ހުރި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިފި!

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ޖަމީއަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒް ބިން ގާސިމް (އަލީ ރަމީޒް) ދިރިއުޅުއްވާ ގޭގައި، ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއް މީހަކު ވަގަށް ނަގައިގެން ގެންގޮސްފިއެވެ.

މިކަމާއި ގުޅޭގޮތުން އަލީ ރަމީޒްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސީސީޓީވީ ފުޓޭޖްގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އޭސީ ޔުނިޓު ވަގަށް ގެންގޮސްފައިވަނީ ރޭ އިރާކޮޅު ވަގުތެއްގައި ކަމަށާއި މިފަދަ ކަންކަމުގެ ހައްލަކީ އިސްލާމީ ޝަރީއަތް ކަމަށެވެ.

ވައްތިޔަރަގެއިން ވަގަށް ނަގައިގެން ގެންގޮސްފައިވަނީ، އެގޭގެ ދެވަނަ ފަންގިފިލާގައި ކުއްޔަށް ދިރިއުޅެމުންދިޔަ ބައެއްގެ ދޮރުކައިރީގައި ބަހައްޓާފަ ހުރި އޭސީ އައުޓްޑޯ ޔުނިޓެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކަން ހިނގާފައިވަނީ އިއްޔެ ހަވީރު 17:30 އާއި ރޭ 21:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވަގަށް ގެންގޮސްފައިވަނީ 9000 ބީޓީޔޫގެ އައުޓްޑޯ ޔުނިޓެއް ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން