ކަލަރ ބޭންކް އިން ކުލަ ހިލޭދޭ އިވެންޓެއް ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކަލަރ ބޭންކް އިން ކުލަ ހިލޭދޭ އިވެންޓެއް ބާއްވަނީ!

ކަލަރ ބޭންކް އިން ބާއްވާ ކުލަ ހިލޭދޭ އިވެންޓެއް 12 އޭޕްރިލް ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ. 

ކަލަރ ބޭންކްއިން ބުނެފައިވަނީ ކުލަޔަށް ޙާއްސަ މި އިވެންގައި އެފިހާރައިން ވިއްކާ ތަފާތު ކުލަ ދަށްކާލުމުގެ އިތުރުން ކުލަބޭނުން ކޮށްގެން ތަފާތު މުބާރާތްތަކެއް ކުރިޔަށްދާނެކަމަށާއި އަދި މިއިވެންޓްގައި ބައިވެރިވާ އާންމު ފަރާތްތަކަށް ހިލޭ ކުލަ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. 

އަގުހުރި އިނާމް ތަކަކާއެކު ބާއްވާ މި އިވެންޓަކީ އާންމުންނަށް ހުޅުވާލެވިފައިވާ މި އިވެންޓްގައި ބައިވެރި ވާ ފަރާތްތަކަށް ކުލަލުމަށް އެންމެ އެކަށީގެންވާ ޒަމާނީ ގޮތްތަށް ބުނެދިނުމަށް ޙާއްސަ އިންޓީރިއަރ ޑިޒައިނަރެއް ކަމަށްވާ ފާތްމަތް ތައިމާ ބައިވެރިވާނެއެވެ.

މި އިވެންޓް ކުރިޔަށްދާނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދު- އޭ ޒޯން ގައި ހަވީރު 1600-1800 އަށެވެ.

މިއީ "އެނމެންގެ ރޯދަ ސޭލް" ގެ ނަމުގައި އޭސްހާޑްވެއަރ އަދި ކަލަރބޭނކް ގައި ކުރިޔަށްދާ ރޯދަ ޕްރޮމޯޝަން އާ ގުޅިގެން ބާއްވާ އިވެންޓެކެވެ. މި ޕޮރމޯށަން ގައި އޭސްހާޑްވެއަރ އަދި ކަލަރ ބެކްއިން300 ރ އިން މަތިން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބު ވެރިފަރާތަކަށް ކޮންމެ ދިހަ ދުވަހަކުން ސައިކަލެއް ދިނުމަށް ހަމަޖެހިފައިވެއެވެ. 

މި  ޕްރޮމޯޝަންގެދަށުން ކަލަރބެކްގެ ފިހާރަތަކުން ވިޔަފާރި  ކުރާފަރާތްތަކަށް ކުލަ ހިލޭ ދިނުމާއި ބޮޑު ޑިސްކައުން ތަކަކާއެކު ފެށޭ މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައިވެސް ކުރިޔަށް ދާނެއެވެ. އިނާމު ތަކުގެތެރޭ މެލޭސިޔާ ދެކޮޅު ޓިކެޓު، ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު2ފަރާތަކަށް ރޯދަ ވީއްލުން ލިބުމުގެ އިތުރު ވެސް ގިނަ އަގުހުރި އިނާމް ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.މި ޕްރޮމޯޝަން  ކުރިޔަށް ދާނީ 1 އޭޕްރިލް  އިން ފެށިގެން 5 ޖޫންގެ ނިޔަލަށެވެ.

މިއަދު އޮންލައިން