ރަމަޟާން މަހު ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާންމުކޮށްފި!

ކިޔުމަށް ހޭދަވާނީ 50ސ
ރަމަޟާން މަހު ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާންމުކޮށްފި!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ފިހާރަތަކާއި ހޮޓާ/ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ. 

ކަލެންޑަރުން ދައްކާ ގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސްވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހަށެވެ. 

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، ރާއްޖޭގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ދަންވަރު (ރޭގަނޑު) 00:00 އާއި ހަމައަށް ކަމަށެވެ. 

ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓިނު ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމުން އަލިވެ 3:00 އާއި ހަމައަށް ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެފަދައިން އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިއަދު އޮންލައިން