ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ އިތުރު ކުރުމަށް ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވެސް ނިންމައިފިއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނަސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާއި ގުޅިގެން މައިންނަށް ދޭ ޗުއްޓީ ހަ މަސް ދުވަހަށް އަދި ބަފައިންނަށް ދޭ ޗުއްޓީ އެއް މަސް ދުވަހަށް ހެދުމަށް ނިންމަވާފައެވެ.
އެގޮތުން މެޓާނިޓީ ލީވް އާއި ޕެޓާނިޓީ ލީވް، އެމްއެންޔޫގެ މުވައްޒަފުންނަށް ވެސް ދިނުމަށް އެޔުނިވާސިޓީން ނިންމާފައިވަނީ އިއްޔެއިން ފެށިގެންނެވެ. ނަމަވެސް ވިހެއުމާއި ގުޅިގެން ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް މުސާރައާއެކު ލީވް ދޭން ނިންމި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް އެޔުނިވާސިޓީން ބުނެފައިވެއެވެ.