މާލޭގައި މޫދަށް އެރޭ ހުރިހާ ސަރަހައްދެއް ޓެސްޓް ކުރަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މޫދަށް އެރޭ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ހުރިޙާ ސަރަހައްދެއް ޓެސްޓްކުރަން ނިންމާފައިވާ ކަމަށާއި ބޭނުންވަނީ އެއީ އާއްމުން އެރިއުޅެން ރަނގަޅު ތަންތަންކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މާލޭގައި އާއްމުކޮށް މޫދަށް އެރޭ ތިން ސަރަހައްދުގެ ލޮނު ޓެސްޓްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި ވަނީ އެދެފިއެވެ.
ޓެސްޓްތަކުގެ ނަތީޖާތައް ލިބުމުން ދެން ނިންމަން ޖެހޭ ކަންކަން ނިންމާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރަސްފަންނު ސަރަހައްދުން ނަޖިސް ފެންނާތީ މިހާރު ވަނީ އެތަން ބަންދުކޮށްފައެވެ.