ހދ. ކުޅުދުއްފުށި މަށި ކުޅީގައި ބާކީ އޮތް ބަޔަށް ދިރުން ގެނެސް، އެތަން ހިމާޔަތް ކުރަން ޖެހޭ ކަންކަން ކުރަން ބޭރުގެ ކަމާއިބެހޭ ތަޖުރިބާކާރުންގެ ޓީމެއް މިއަދު އެރަށަށް ގޮސްފިއެވެ.
އެމގިފައިވާ ގޮތުގައި ކުޅުފުއްޓަށް މިމަސައްކަތުގައި ގޮސްފައިވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ގެ ހަތަރު ތަޖުރިބާކަރެކެވެ. އެމީހުންނާެކު "ސޭވް މޯލްޑިވްސް" ގެ ޓީމެއް ވެސް ދިޔައެވެ.
މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ، ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެކެވެ.
ކުޅުދުއްފުށި ކުޅި ދިރާސާ ކުރަން އެކްސްޕާޓުން އެރަށުގައި ހަތަރު ދުވަސް ހޭދަ ކުރާނެއެވެ.