ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
ފިއްލަދޫ ބައި-އިލެކްޝަންގައި ވާދަ ކުރީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމް ގެ ދެ ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރައްވައިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިއިންތިޚާބު ކާމިޔާބުކުރި އެމްޑީޕީގެ ޢަބްދުﷲ ރިޔާޒަށް ލިބިފައިވަނީ 352 ވޯޓެވެ. އެޕާޓީގެ މުޙައްމަދު ޝިޔާދަށް ލިބިފައިވަނީ 289 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރެއިން މުޙައްމަދު މޫސާއަށް ލިބިފައިވަނީ 283 ވޯޓެވެ. އަދި މަރިޔަމް ޒޫނާއަށް ލިބިފައިވަނީ 184 ވޯޓެވެ.