ވަޒީފާގެ ފުރުޞަތުތައް ވަރަށް ގިނަ- ހަމައެކަނި ދިވެހިން ނަގައި ހުސްކުރެވޭނެ އެއްވެސް ދާއިރާއެއް ނެތް: އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވަޒީފާގެ ފުރުޞަތުތައް ވަރަށް ގިނަ- ހަމައެކަނި ދިވެހިން ނަގައި ހުސްކުރެވޭނެ އެއްވެސް ދާއިރާއެއް ނެތް: އަސްލަމް

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ވަރަށް ގިނަ ކަމަށާއި ހަމައެކަނި ދިވެހިންނަށް ވަޒީފާދީގެން ހުސްކުރެވޭނެ އެއްވެސް ދާއިރާއެއް ނެތް ކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

 

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން މިއަދު ފެށި "އިންޑަސްޓްރިއަލް ލިންކްސް 2019" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ހަމައެކަނި ވަޑިންގެ ދަރިން ވަޑިންނަށްވީ، އަދި މަސްވެރިންގެ ދަރިން މަސްވެރިންނަށްވީ ދުވަސް މާޒީވެ ހިނގައްޖެ ކަމަށާއި މިއަދަކީ އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައި އޮތް ދުވަސް ކަމަށެވެ. ނަމަވެސް ވަކިދާއިރާއަކުން ފުރުޞަތު ލިބުމުން ލިބުމުން ނޫނީ މަސައްކަތް ނުކުރަން ނުވަތަ ކުރިއަށް ނުދާން މަޑުކޮށްގެން ހުރެގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ޖީޑީޕީއަކީ މިހާރު ބޮލަކަށް 11000 ނުވަތަ 12000 ޑޮލަރު ކަމަށާއި އެއީ ސަރަހައްދަށް ބެލި ނަމަވެސް ވަރަށް މަތީ އަދަދަކަށްވުމުން އެކަމުގެ ފައިދާ ލިބިގަތުމަށްޓަކައި ކޮންމެ މީހަކީވެސް މަސައްކަތް ކުރާ މީހަކަށްވުމަށް އަސްލަމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން ފޮތުން ކިޔަވައިގެން ކިތަންމެ މަތީ ފާހެއް ނެކި ނަމަވެސް އެފާހުގެ ސަބަބުން އެކަނި ރަނގަޅަށް ވަޒީފާ އަދާނުކުރެވޭނެ ކަމާއި އެކަމަށް ބޭނުންވާ ތަމްރީނު ހޯދަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިއަދު އޮންލައިން