ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 22ސ
ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ!

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ރަހަ ފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ހަދަމުންދިޔަ އިމާރާތަކުން ރަހަ ފަތިގަނޑު ވެއްޓި މި ހާދިސާ ހިންގާފައިވަނީ މިއަދު 11:50 ހާއިރު ވެލާނާގެ ކައިރީގައެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާގައި ކާރަކަށް ގެއްލުންތަކެއް ވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. 

މިމައްސަލަ ފުލުހުން ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައެވެ.

މިއަދު އޮންލައިން