އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން އައިލެންޑް އޭވިއޭޝަނުން ހުއްޓާލުމަށް އެކުންފުނިން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ހުއްޓާލަން އަމާޒު ހިފާފައި ވަނީ 2020 ވަނަ އަހަރު އަންނަންވާ އިރަށްކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް، ފެން އަޅާ ރީޔޫސަބަލް ފުޅި ވަނީ ހަދިޔާކޮށްފައެވެ.