"އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު" މި ޝިއާރުގެ ދަށުން އަށް ވަނަ ފައިނޭންސް ފޯރަމް، ބާއްވަން ނިންމައިފިއެވެ.
އަންނަ ހޯމަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ މި ފައިނޭންސް ފޯރަމް އިންތިޒާމުކޮށްފައިވަނީ ޕެންޝަން އޮފީހުންނެވެ.
ސަރުކާރާއި ފައިނޭންޝަލް ސެކްޓަރު ގުޅިގެން ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުން މި ފޯރަމްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަން ހާސިލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.
ޕެންޝަން އޮފީހުން ބުނެފައިވަނީ ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ޕްރައިވެޓް ސެކްޓަރު ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައިދިނުމާ ގުޅޭގޮތުން މި ފޯރަމް ގައި މަޝްވަރާކުރާނެ ކަމަށެވެ.