ދިވެހިރާއްޖޭގައި ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކުލަވާލާ ނޭޝަނަލް އެކްޝަން ޕްލޭނަށް ކަމާގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި، ޝަރުޢީ ދާއިރާ އާއި ސަރުކާރުގެ ވުޒާރާތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ / ޖަމާޢަތްތައް ހިމެނޭ ގޮތަށް 22 އިދާރާއަކުން ޖުމްލަ 50 ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ މި ބައްދަލުވުމުގައި އެކި އިދާރާތަކުން ހުށަހަޅާ ކަންތައްތަކުގެ އަލީގައި ނޭޝަނަލް އެކްޝަން ޕްލޭނަށް ޢަމަލުކުރުމަށް ކައިރި މުސްތަޤުބަލެއްގައި ފެށޭނެ ކަމަށެވެ.