މާފަންނުގައި ހުރި ގެއެއްގެ ބިއްލޫރި ސްލައިޑް ދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުރަނގަ މަގާއި ޝަހީދު އަލީ ހިނގުން ގުޅުނު ކަންމަތީގައި ހުރި މ. ޕޮލްގަހާ ވިލާފުރަތަމަ ފަންގިފިލާގެ ބެލްކަނީގެ ބިއްލޫރި ސްލައިޑް ދޮރު ވެއްޓިފައިވަނީ މިއަދު ހަވީރު 15:21 ހާއިރު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.