ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން އެހެން ބަޔަކާ ހަވާލުކޮށް، ހަތަރު މަސް ތެރޭ ނިންމޭވަރު ވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދުު އާދިލް މިއަދު ވިދާޅުވީ ކުރިން އެ މަސައްކަތް ކުރަމުން ދިޔަ ކުންފުނިން މަސައްކަތް ލަސްވުމުގެ ސަބަބުން، އެހެން ބަޔަކާ މިހާރު ހަވާލުކޮށްފައިވާކަމަށާއި އަދި ޓާމިނަލްގެ އަމަލީ މަސައްކަތް މި ހަފުތާ ތެރޭގައި އަލުން ފަށާނެ ކަމަށް އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ ލަފާކުރެވޭ ގޮތުން އެ ތަނުގެ މަސައްކަތް ނިންމައި، ހަތަރު މަސް ފަހުން އެއާޕޯޓު ބޭނުން ކުރެވޭވަރު ވާނެކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.