ފައިނުގައި އެއާޕޯޓު ނާޅަން ސަރުކާރުން ނިންމައިފި

ކިޔުމަށް ހޭދަވާނީ 49ސ
ފައިނުގައި އެއާޕޯޓު ނާޅަން ސަރުކާރުން ނިންމައިފި

ރ. ފައިނުގައި އަޅަން ހަމަޖެހުނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް މިހާރުގެ ސަރުކާރުން ނިންމައިފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ކަށަވަރުކޮށްދީފައިވާއިރު، ފައިނުގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަކަށް ބަލާފައި ކަމަށް މައުލޫމާތު ލިބެއެވެ. 

ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ސަރުކާރުން ނިންމުމުން، ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެމަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެތައް ބަޔަކު އަޑު އުފުލާ ވަރުގަދަ ކެމްޕޭނެއް ވެސް ކުރިއެވެ. 

ފެހިކަންގަދަ، ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ފައިނުގައި އެއާޕޯޓު އެޅުމާއެި ދެކޮޅަށް އެއިރު އެންމެ އިސްކޮށް މަސައްކަތް ކުރެވި އެއް ބޭފުޅަކީ، މިހާރު އެދާއިރާއަށް އިންތިހާބު ވެފައިވާ އެމްޑީޕީއަށް ނިސްބަތްވާ އިންތިހާބީ މަޖިލިސް މެމްބަރު މުޙައްމަދު ވަހީދެވެ.

މިއަދު އޮންލައިން