އަލްކައުން އިންޓަރ ސްކޫލް ޤުރްއާން މުބާރާތް ބާއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަލްކައުން އިންޓަރ ސްކޫލް ޤުރްއާން މުބާރާތް ބާއްވައިފި

ސްކޫލްމަދުރަސާ ތަކުގެ ދަރިވަރުންގެ ހިތްތަކުގައި  ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަތިވެރި މަޤުޞަދުގައި އަލްކައުންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ " އަލްކައުން އިންޓަރސްކޫލް ޤުރްއާންމުބާރާތް 1440 " ގެ ކިޔެވުން ނިމިއްޖެއެވެ.

މިމުބާރާތް ބޭއްވިފައި ވަނީ އެޕްރީލު 11 އިން 14 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިދއަަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތްވެސް ބާއްވާފައިވަނީ ރާއްޖޭގެ ހުރިހައި ސްކޫލަކަށް ހުޅުވލައިގެންނެވެ. މިދިޔައަަހަރުގެ މިމުބާރާތުގައި ރާއްޖޭގެ 65 ސްކޫލަކުން ބައިވެރިވަެފައި ވެއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 87 ސްކޫލަކުން ބައިވެރިވިއެވެ. އަދި މިއަހަރުގެ މުބާރާތުގައި 384 ކުދިން ބައިވެރިވިއެވެ.

މި މުބާރާތަކީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރ 2019 ގައި ހިމެނިފައިވާ މުބާރާތެކެވެ.  މުބާރާތުގެ ރެކޯރޑިންގ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަލްކައުން އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ﷲގެ ކަލާމްފުޅު މަތިވެރި ކުރުމަށްޓަކައި ބޭއްވޭ މިމުބާރާތް ބޭއްވިފައިވަނީ ވަނީ 09 އަހަރުން ދަށް، 13 އަހަރުން ދަށް ، 16 އަހަރުން ދަށް ، އަދި 19 އަހަރުން ދަށް، މި ޢުމުރު ފުރާތަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ހިމެނިގެންވަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

މި މުބާރާތުގައި ފަޑިޔާރުކަން ކޮށްދެއްވާފައިވަނީ މީގެ ކުރިންވެސް ބޮޑެތި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވާ އަލްޤާރީ ޢަބްދުލްޖަލީލް އިސްމާޢީލް އާއި އަލްޤާރީ ސުހައިލް ޢަލީ އަދި އަލްޤާރީ ޢަބްދުﷲ އަލީ އެވެ.

މި މުބާރާތުގައި ކިޔެވުން ކުރިއަށް ދިޔައިރު ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މަންދޫބުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މިމުބާރާތުން އެންމެ މަތީ މާރކްސް ހޯދާ ދަރިވަރަކަށް އަސްކޮއި ޙައްޖު ޢުމްރާގެ ފަރާތުން ވަނީ އުމްރާ ދަތުރެއްވެސް ހުށަހަޅުއްވާފައެވެ.

މިއަދު އޮންލައިން