"އެންމެ އަލިގަދަ ތަރި" ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 58ސ
"އެންމެ އަލިގަދަ ތަރި" ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ކޮންމެ ރަމަޟާން މަހަކު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބާއްވަމުން އަންނަ "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

މިފަދައިން ނިންމީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތަށް ލިބުނު ތަރުޙީބު ކުޑަކަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މުބާރާތުގައި ބައިވެރިވާން ޕީއެސްއެމް އިން ހުޅުވާލުމުން ބައިވެރިވެފައިވަނީ 24 މީހުން ކަމަށާއި އޭގެ ތެރެއިން ވީޑިއޯ ހުށަހަޅައިފައިވަނީ 15 ބައިވެރިން ކަމަށް ދައުލަތުގރ މީޑިއާއިން ބުނެފައިވެއެވެ. 

އޭގެ ތެރެއިން މުބާރާތުގައި ބައިވެރިވެވޭ ފެންވަރު ހުރީ އެންމެ ހަތަރު މީހުންގެ ކަމަށް، އެމުބާރާތުގެ އިސްފަނޑިޔާރުކަން ކުރިން ކުރެއްވި އަލްޤާރީ އަޙުމަދު ޝިފާއު ވިދާޅުވި ކަމަށް ޕީއެސްއެމްއިން މަޢުލޫމާތު ދީފައިވެއެވެ.

"އެންމެ އަލިގަދަ ތަރިއަށް ބޭނުންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން މިއަހަރުގެ ރަމަޟާންމަހު އެޕްރޮގްރާމް ނުބާއްވާގޮތަށް ވަނީ ހަމަޖެހިފައި،" ޕީއެސްއެމްގެ ޑިރެކްޓަރ އިސްލާމިކް ޕްރޮޑަކްޝަން އިބްރާހީމް އިޤުބާލް ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭނާ ވިދާޅުވީ މި މުބާރާތް ބާއްވަން ގެންނަންޖެހޭ ބަދަލު ގެނެސް މިއަހަރު ތެރޭގައި މިމުބާރާތް ބާއްވާނެ ތާރީޚު ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.

މިއަދު އޮންލައިން