ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި!

ކިޔުމަށް ހޭދަވާނީ 50ސ
ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި!

ހއ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ. 

ހޯރަފުށީ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގައި އެކުންފުނިން ބޭނުންކުރަނީ މަހާޖައްރާފެވެ. ބިން ހިއްކުމުގެ މަސައްކަތަށް މަހާ ޖައްރާފު ހޯރަފުށްޓަށް އިއްޔެ ދިއުމުން އެރަށު ރައްޔިތުން ވަނީ އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަ ފަރިވަޅެއް ވެސް އަރުވާފައެވެ. 

އެރަށުގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އެއަރޕޯޓުގެ އަމަލީ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މިއަދު އޮންލައިން