ޚަބަރުގައިވާ ފޭސްބުކް ވީޑިއޯ އިން ފެންނަނީ ފެހެންދޫގެ ތުއްތު ކުދިން ސްކޫލަށް ގެންދިއުމަށްޓަކައި ބެލެނިވެރިން ގަދަ ވިއްސާރައިގައިވެސް އުޅެންޖެހޭ ޙާލެވެ. ފެހެންދޫގެ އާބާދީ މަދުކަމުން އެ ރަށުގައި ސްކޫލެއް ނުހިންގޭ ނަމަ ގޮއިދޫއަށް ދަތުރުކުރަން މިއަށްވުރެ ރަނގަޅު ފެރީ ނިޒާމެއް ހަމަޖައްސައި ހަމަ ނުދެވޭނީ ބާވައެވެ!
ފޮތްބޮނޑި ބޮލަސް ލައިގެން ކޯރުތައް ހުރަސްކޮށް ދަރިވަރުން ސްކޫލަށްދާ މަންޒަރު އިންޑިއާގެ ބައެއް ސްޓޭޓްތަކުން ފެނެއެވެ. ޖީޑީޕީގެ ގޮތުން އެންމެ ކުރިއަރާފައިވާ ދިވެހިޜާއްޖެއިން މިފެންނަނީވެސް ވަކިން ތަފާތު މަންޒަރެއް ނޫން ދޮގެއްތޯއެވެ؟

ކިތަންމެ ތަނަވަސް ނަމަވެސް އެދިއްޖެ ނަމަ ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިއަން ރުފިޔާ ވަނީ މިއަހަރަށް ބަޖެޓުކޮށްފައެވެ. އެއިގެ ތެރެއިން މިލިއަނެއްހައި ރުފިޔާ ހޭދަކޮށްލައިގެން ނަމަވެސް ފެހެންދޫ ރައްޔިތުންނަށް ސަލާމަތްކަމާއިއެކު ކުދިން ގޮވައިގެން ދަތުރުކޮށްލެވޭނެ ކުޑަވަރެއްގެ އުޅަދެއް ހަދިޔާ ކުރުން ކިހިނެއްވާނެބާވައެވެ!
ވީޑިއޯ ބައްލަވައި ލެއްވުމަށް: https://www.facebook.com/100007178837827/videos/2294103747505564/