ޤާނޫނަށް ވަގަށް ރާއްޖޭގަ މަސައްކަތްކުރާ މީހުންގެ ކަޅުބާޒާރު އިތުރު ހަރުފަތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤާނޫނަށް ވަގަށް ރާއްޖޭގަ މަސައްކަތްކުރާ މީހުންގެ ކަޅުބާޒާރު އިތުރު ހަރުފަތަކަށް!

ޤާނޫނަށް ވަގަށް ރާއްޖޭގަ މަސައްކަތްކުރާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުން އިތުރު ހަރުފަތަކަށް ކުރިއަރައިފިއެވެ. ޚަބަރުގައިވާ ފޮޓޯ އިން މަންޒަރު ފެނެވެ. މީގެ ކުރިން ކަޅު ބާޒާރުން އެމީހުން ގަންނަނީ ކޮންސްޓްރަކްޝަން ކުންފުނިތައް ފަދަ ތަންތަނުންނެވެ. މިއަދު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކަޅުބާޒާރުން ވިޔަފާރިކުރަން ދިވެހި ކަނބަލުންވެސް ނުކުތްތަނެވެ. މާކެޓް އިތުރަށް ފުޅައުވީއެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހުއްޓުވައި ޒިކުރާ މިސްކިތް ކައިރީގައި "ގަންނާނެއްބާ" ބޯޑު އަޅުވައިގެން ޕޭމަންޓް މަތީގައި ތިބުން ހުއްޓުވަން މަސައްކަތް ފެށިވާހަކަ އަކާއި 80 މީހަކު ހައްޔަރު ކުރެވުނު ވާހަކަ މީޑިއާގައި ހާމަކުރިއެވެ. އެމީހުން ބައިތިއްބަން އިތުރު ތަނެއް ނުވަތަ ޖަލެއް ހަދައި ހުޅުވި ޚަބަރު ޢާންމުވި ނަމަވެސް ޕޭމަންޓް މަތިން އެ މީހުން ހަމަ އެންމެ ދުވަހަކަށް ވެސް މަދެއްވެސް ނުކުރެވުނެވެ.

ދިވެހި ރާއްޖޭގައި ޤާނޫނުގެ ބާރު ހިނގަނީ ކިހައި މިންވަރަކަށް ކަމާއިމެދު ސުވާލު އުފެދިފައިވާއިރު ރާއްޖެ ނޫނީ އެއްވެސް ބިރެއް ޖެހިލުމެއް ނެތި ވިސާ ނެތި މަސައްކަތްކުރާ ބިދޭސީންނަށް "އޯޕަން މާކެޓް" އޮންނަ ޤައުމެއް އޮތްކަން އެނގިފައެއް ނުވެއެވެ. ޗީފް އޮފް ސްޓާފް ވަނީ އެކަމުގައި ހުރި ބިރުވެރިކަމުގެ ވާހަކަ ޢާންމުކޮށް ހާމަ ކުރައްވާފައިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން