ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިޓް އެލާރޓް ނެރެފި!

ކިޔުމަށް ހޭދަވާނީ 32ސ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިޓް އެލާރޓް ނެރެފި!

ހޫނުގަދަ، އަވުގަދަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވިއްސާރަ ކޮށްފިއެވެ. الحَمْدلله 

ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ. 

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ މާލެ ސިޓީން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. 

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. 

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން މިރޭ 20:00 އާއި ހަމައަށެވެ.

މިއަދު އޮންލައިން