މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު, މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމާއި އެ ބޯޑުގެ ޗެއާމަން ކަމަށް އައްޔަން ކުރައްވައިފިއެވެ.
ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ޝަހުދީ އައްޔަންކުރެއްވީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
ޝަހުދީ އަކީ ރާއްޖޭގައި މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ފުންނާބުސް ގާނޫނީ ވަކީލެކެވެ.
އާބިޓްރޭޝަނަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ.