24 ގަޑިއިރު މަސައްކަތްކޮށް ރޯދަޔަށް އާޓިފިޝަލް ބީޗު ހުޅުވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
24 ގަޑިއިރު މަސައްކަތްކޮށް ރޯދަޔަށް އާޓިފިޝަލް ބީޗު ހުޅުވަނީ

24 ގަޑިއިރު މަސައްކަތްކޮށް ރޯދަޔަށް އާޓިފިޝަލް ބީޗު ހުޅުވުމަށް އެމްޓީސީސީން ބާރު ސްޕީޑުގައި މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ރޯދަޔަށް އާޓިފިޝަލް ބީޗުގެ މަސައްކަތް ނިންމައިދިނުމަށް ރައީސް އޮފީހުން އެދިފައިވާތީ ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާޓިފިޝަލް ބީޗުގެ ތަރައްގިކޮށް ނިމޭއިރު މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއަކާއި އިށީންނާނެ އިތުރު ބެންޗްތައް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި މޫދަށް އެ ރޭ ސަރަހައްދު އިތުރަށް ފުންކުރުމަށާއި ލައިފް ގާޑުން ތިބޭނެ ޕޯސްޓްތަކެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ. 

އާޓިފިޝަލް ބީޗަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ގެ ވެރިކަމުގައި އެސަރަހައްދު ހިއްކައިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

މިއަދު އޮންލައިން