އަލިމަސްކާނިވާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 10:28 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުން އެވަގުތު ދަތުރުކުރަމުން ރާއްޖޭގެ ނައިބްރައީސް ފައިސަލް ނަސިމް ވަނީ އެކްސިޑެންޓާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެ ސަރަހައްދުގައި މަޑުކޮށްލައްވާފައެވެ.