މަޖީދިއްޔާ ސްކޫލަށް 65 އަހަރުފުރުމުގެ މުސާބަތުގައި އެ ސްކޫލުން ވަޅުވި ޓައިމް ކެޕްސޫލް ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިތަކަކާއި އޭގައި ރައްކާކޮށްފައި ހުރި ބައެއް ތަކެތި ފެނިއްޖެއެވެ.
މި ތަކެތި ފެނިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ގޯތިތެރޭގައި ވަޅުލެވިފައި ހުއްޓާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޫގޮތުން ދައުލަތުގެ މީޑިއަައަށް މައުލޫމާތު ދެމުން މަޖީދިއްޔާ ސްކޫލްގެ އިސް ދަރިވަރަކު ބުނެފައިވަނީ، ކެޕްސޫލް ވަޅުލިތަން ހޯދައި އެތަން ކޮނެ ބެލިއިރު، ކެޕްސޫލްގެ ގޮތުގައި ވަޅުލި ބޮޑު ހަމުގެ އެއްވެސް ނިޝާނެއް އެތަނުގައި ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކެޕްސޫލްގައި ރައްކާކުރި ގިނަތަކެތި ދަރުމަވަންތަ ސްކޫލްގެ ގޯތިތެރޭގައި، ކެޕްސޫލް ވަޅުލިތަނުގެ ބިމުގެ އަޑިން ފެނިފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މަޖީދިއްޔާ ސްކޫލްގެ ބައެއް އިސްދަރިވަރުން ބުނިގޮތުގައި، ކެޕްސޫލް ހޯދަން ކޮނުމުގެ ތެރޭގައި، އޭރުގެ ބައެއް ދަރިވަރުންގެ ޔުނީފޯމާއި، ސްކޫލާގުޅޭ ރިޕޯޓްތަކާއި، ކުދިން ލިޔެފައިވާ ސިޓީއާއި، ސްކޫލަށް އެކި މުބާރާތްތަކުގައި ލިބުނު ޓްރޮފީއާއި، ސްކޫލް ބޭންޑުގައި ބޭނުންކުރި ބައެއް އިންސްޓްރޫމަންޓްތަކާއި، ސްކޫލްގެ ނިޝާން ޖަހާފައިވާ ލިޔުންތަކެއް ވެސް ފެނިފައިވެއެވެ.